އެމެރިކާގެ އިމިގްރޭޝަނުން އެ ޤައުމަށް ވަނުމުގެ ހުއްދަ ނުދިނުމުން ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ގެއްލުނު ސޯމާލިއާގެ ރެފްރީ އޮމާރް އަރްތާނަށް ޔުއޭފާ ސުޕަ ކަޕްގެ ރެފްރީކަން ކުރުމުގެ ފުރުސަތު ޔުއޭފާ އިން ދީފި އެވެ.
ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑްގެ އެސްޓަން ވިލާ ބައްދަލުކުރާ ޔުއޭފާ ސުޕަ ކަޕް މެޗު ކުޅޭނީ އޮސްޓްރިއާގެ ސާލްބާގްގައި އޯގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.
ޔުއޭފާ އިން ނެރުނު ބަޔާނެއްގައި ބުނީ އަރްތާނަށް ސުޕަ ކަޕްގެ މެޗުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ދިނީ އެފްރިކާ ފުޓްބޯޅައިގެ މައި ޖަމިއްޔާއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.
"އަރްތާނަކީ ވަރަށް މޮޅު ޒުވާން ރެފްރީއެއް. މިހާރުވެސް ތަޖުރިބާ ހޯދާފައިވާ ރެފްރީއެއް. އެފްރިކާ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފައި،" ޔުއޭފާގެ ރައީސް އެލެކްޒަންޑާ ޝެރެފިން ވިދާޅުވި އެވެ.
އަރްތާނަކީ އެފްރިކާގެ އެންމެ މޮޅު ރެފްރީގެ އެވޯޑް 2025 ވަނަ އަހަރު ހާސިލްކުރި ރެފްރީއެވެ. އަދި އޭނާ އަކީ 2018 ވަަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ.
އަރްތާނަކީ ފީފާ ވޯލްޑް ކަޕުން ފުރުސަތު ލިބުނު ސޯމާލިއާގެ ފުރަތަމަ ރެފްރީ އެވެ. އެހެން ނަމަވެސް އެ މުބާރާތުގައި ބައިވެރިވުމަށް އޭނާ އެމެރިކާއަށް ދިއުމުން، އެމެރިކާގެ އިމިގްރޭޝަނުން ވަނީ އޭނާ އަށް އެ ގައުމަށް ވަނުމުގެ ހުއްދަ ނުދީ، އަނބުރާ ފޮނުވާލައިފަ އެވެ. އަރްތާނު އެމެރިކާއަށް ދިޔައީ ވިސާ ހަމަޖެހިފައި ވަނިކޮށެވެ. އަދި އޭނާ އަތުގައި އޮތީ ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ.
ސޯމާލިއާއަކީ އެމެރިކާގެ ސަރުކާރުން ޓްރެވަލް ބޭން ނެރިފައިވާ ގައުމުތަކުގެ ލިސްޓުގައި އޮތް ގައުމެކެވެ. އަރުތާނަށް އެ ގައުމަށް އެތެރެނުވެވުމުން، ފީފާ އިން ވަނީ އޭނާއަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެފަ އެވެ. ފީފާ އިން ބުނީ ހޯސްޓް ގައުމެއްގެ އިމިގްރޭޝަން ގަވައިދުތަކަށް ފީފާއަށް ބާރު ނުފޯރުވޭނެ ކަމަށެެވެ. – ބީބީސީ
ކެމްޕޭނުގައި އެކުގައި ނުތިބޭ މީހުން ބާކީ ނުކުރާނަން: މީކާއިލް
އެންމެ ފަހު ވަގުތު ހައިޓީއަށް ޖެހުނީ ޖޯޒީގެ ޑިޒައިން ބަދަލުކުރަން
ހިތުގެ ބަލިތަކުގެ އަސްލަކީ ހަމައެކަނި ކޮލެސްޓްރޯލްއެއް ނޫން!