އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައި އޮތް ރަސްފަންނު، މަރާމާތުގެ މަސައްކަތްތައް ނިންމުމަށްފަހު މިއަދު އާންމުންނަށް ހުޅުވާލާފައެވެ.
މި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. މި މަސައްކަތުގެ ތެރޭގައި، މޫދުގެ ލޮނުގަނޑު ދައުރުވުން ރަނގަޅުކުރުމަށްޓަކައި ތޮށިގަނޑަށް ބަދަލުގެނައުމާއި، ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުން ހިމެނެ އެވެ. މި ބޮޑު މަރާމާތުގެ މުއްދަތުގައި މާލޭގެ ރައްޔިތުންނާއި އާންމުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަމަށްޓަކައި މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރަސްފަންނަކީ މާލޭގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްހަމަޖައްސާލުމަށް ބޭނުންކުރާ ވަރަށް މުހިންމު ސަރަޙައްދެކެވެ. އެހެންނަމަވެސް، ލޮނުގަނޑު ރަނގަޅަށް ދައުރުނުވުމާއި ނަރުދަމާގެ ނިޒާމާ ކައިރިވުމުގެ ސަބަބުން، މީގެ ކުރިން އެކި ފަހަރުމަތިން މޫދު ތަޣައްޔަރުވެ، މޫދަށް އެރުން މަނާކުރަން ޖެހިފައިވެ އެވެ. މީގެ އިތުރުން، ގޮނޑުދޮށް ގިރުމުގެ ސަބަބުން އެ ސަރަޙައްދުގައި ހަދާފައިވާ ހަޓުތަކަށާއި އާންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއަށް ރަނގަޅު ފެށުމެއް
އަތޮޅު ކައުންސިލްތަކުގެ އެސްޖީން ވަކިކޮށްފި
