އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
މި އިންތިޚާބުގައި ޖުމުލަ 241 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ ފޮށި ގުނާފައިވެ އެވެ. މި ފޮށިތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ނަޝީދަށް 10،000އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވެއެވެ. އިންތިޚާބުގައި ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 5000 އަށްވުރެ ގިނަ ވޯޓެވެ. މިއަދު މެންދުރުފަހު 2:30 އިން ފެށި ވޯޓުލުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ ހިންގުމަށާއި ކުރިމަގަށް މުހިންމު ބަދަލުތަކެއް ގެނުވާނެ އިންތިހާބެކެވެ. ޕާޓީގެ ދަފުތަރުގައި މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ 50170 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ނަމަވެސް، މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓުލުމަށް ނުކުމެފައިވަނީ ޖުމުލަ ކިހާ އަދަދެއްގެ މެންބަރުންނެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެ އެވެ.
މި ފަހަރުގެ ޗެއާޕާސަން އިންތިޚާބަކީ ވަރަށް ވާދަވެރި ކެމްޕެއިނަކަށްފަހު ނިމިގެންދިޔަ އިންތިޚާބެކެވެ. އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވި މީކާއީލް ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއެކުގަ އެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްރަހުގައި ބޮޑު ވާދަވެރިކަމެއް އުފެދިގެންދިޔަ ނަމަވެސް، ނަތީޖާއިން ދައްކާ ގޮތުގައި ޕާޓީގެ އާންމު މެންބަރުންގެ ތާއީދު އަދިވެސް އޮތީ ރައީސް ނަޝީދަށެވެ.
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
