ހޮނިހިރު ދަތުރުގެ ކިޔުންތެރިންނަށް މިފަހަރު މިގެނެސްދެނީ ކެނެޑާގެ އަލްބާޓާގައި ހުންނަ، ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ފުރަތަމަ ނެޝަނަލް ޕާކް ކަމަށްވާ ބެންފް ނެޝަނަލް ޕާކް އެވެ.

ރޮކީ މައުންޓަންސްގެ ފަރުބަދަތަކުގެ މެދުގައި އޮންނަ މި ސަރަހައްދަކީ ޓްރެވަލް ބްލޮގަރުންނާއި، ފޮޓޯގްރާފަރުންގެ ހިތްތައް އަތުލާފައިވާ ހުވަފެނީ މަންޒިލެކެވެ. މިއީ ހަމައެކަނި ގުދުރަތީ ރީތިކަމެއް ނޫނެވެ. މިއީ ދިރުންތަކާއި ތާރީހުން ފުރިގެންވާ ދުނިޔެއެކެވެ.

ބެންފްގައި ކޮންމެހެން ބަލާލަންޖެހޭ މުހިންމު ފެންގަނޑުތައް

ބެންފްއަށް ދާ އެއްވެސް މީހަކު ދޫކޮށްލައިގެން ނުވާނެ އެންމެ މަޝްހޫރު އެއް ތަނަކީ މޮރެއިން ލޭކް އެވެ. ފަރުބަދަތަކުން ވިރިގެން އަންނަ ގްލޭޝިއާ ފެނުގެ ސަބަބުން، މި ފެންގަނޑުގެ ކުލަ ހުންނަނީ ގަދަ ޓާކޮއިޒް ނުވަތަ ނޫ ކުލައެއްގަ އެވެ. ފަރުބަދަތަކުގެ ހިޔަނި ފެންގަނޑަށް އެޅިފައި ހުންނައިރު މިއީ ހަމަ ކުރެހުމެއް ކަހަލަ ތަނެކެވެ.

މީގެ އިތުރުން ލޭކް ލުއީސްއަކީ ވެސް ފާހަގަކޮށްލެވޭ ރީތި ތަނެކެވެ. މި ފެންގަނޑުގެ ކައިރީގައި ހުންނަ ތާރީހީ ހޮޓަލާއި، ފަހަތުން ފެންނަން ހުންނަ ގްލޭޝިއާގެ ސަބަބުން މިއީ ކެނެޑާގެ އެންމެ ގިނައިން ފޮޓޯ ނަގާ އެއް މަންޒިލެވެ. މިތަނުގައި ކެނޯ ދުއްވާލުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

މި ސަރަހައްދުގައި ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއް މަގަކީ އައިސްފީލްޑްސް ޕާކްވޭ އެވެ. މިއީ ބެންފް އާއި ޖެސްޕާ ނެޝަނަލް ޕާކް ގުޅުވައިދޭ މަގެކެވެ.

ދުނިޔޭގެ އެންމެ ރީތި "ރޯޑް ޓްރިޕް" މަގުތަކުގެ ތެރޭގައި ހިމެނޭ މި މަގުން ދާއިރު، މަގުގެ ދެފަރާތުން ބޮޑެތި ގްލޭޝިއާތަކާއި، ފެންއާރުތައް އަދި ބޮޑެތި ސާރިދޯޅު ފަދަ ވައިލްޑްލައިފް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބެންފް ޓައުންޝިޕް އާއި ތާރީހީ ހޮޓާ

ބެންފް ނެޝަނަލް ޕާކް

ޕާކުގެ މެދުގައި އޮންނަ ބެންފް ޓައުން އަކީ ޔޫރަޕްގެ ރަށެއް ކަހަލަ ހިތްގައިމު، ކުޑަ ރަށެކެވެ. މިތަނުގެ މައިގަނޑު މަގުތަކުގައި ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ހަނދާނީ ހަދިޔާ ވިއްކާ ފިހާރަތައް ހުރެ އެވެ.

މި ރަށުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ބިނާއަކީ ފެއާމައުންޓް ބެންފް ސްޕްރިންގްސް ހޮޓާ އެވެ. 1888 ގައި ހުޅުވި މި ހޮޓާ ބޭރުން ބަލާއިރު ހީވަނީ ގަދީމީ ޖަންގަލީގެ ތެރޭގައި ފޮރުވިފައިވާ ބޮޑު ގަނޑުވަރެއް ހެންނެވެ. މިއީ އެ ސަރަހައްދުގެ ތާރީހާއި އާކިޓެކްޗާ ދައްކުވައިދޭ ވަރަށް ހާއްސަ ބިނާ އެކެވެ.

ދަތުރު ރާވާލުމަށް ބައެއް މުހިންމު ޓިޕްސް

ބެންފްއަށް ދަތުރު ކުރުމުގައި މޫސުމަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ޖޫން އިން ސެޕްޓެމްބަރާ ދެމެދުގެ ހޫނު މޫސުމަކީ ފެންގަނޑުތައް ބަލާލުމަށާއި، ހައިކިންގް ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރެވެ.

ނަމަވެސް މި ދުވަސްވަރު ފަތުރުވެރިން ގިނަވުމުގެ ސަބަބުން ކާރޫބާރޫ ބޮޑުވާނެ އެވެ. އަދި ޑިސެމްބަރު އިން މާރިޗާ ދެމެދުގެ ފިނި މޫސުމުގައި މުޅި ސަރަހައްދު ސނޯއިން ފޮރުވި، ސްކީ ކުރުމާއި ސްނޯބޯޑިންގްއަށް ލޯބިކުރާ މީހުންނަށް މިއީ ހުވަފެނީ ތަނަކަށް ބަދަލުވެ އެވެ.