ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އަވަހާރަވި އެ ގައުމުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް، ވެރިރަށް ތެހެރާނަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޖަމާވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ހަމަލާ ބަދަލުނުކުރާނެ ކަމަށާއި، އީރާނާއެކު ބާއްވާ މަޝްވަރާތައް ޖަނާޒާގެ ރަސްމިއްޔާތުތަކަށް ފަހު ކުރިއަށްދާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ހާމަނާއީ އަވަހާރަވިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފަހުން، އީރާނުގެ ސަރުކާރުން ވަނީ އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދަން ފަށާފަ އެވެ. މި ރަސްމިއްޔާތުތަކަކީ ހާމަނާއީގެ ގާތްގަނޑަކަށް 40 އަހަރުވީ ޒައާމަތުގެ ނިމުން ރަމްޒުކޮށްދޭ ކަމެކެވެ. މި ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މިއީ ފަހުގެ ތާރީހެއްގައި ބާއްވާ އެންމެ ބޮޑު އެއް ޖަނާޒާއަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަކީ 1989 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަވަހާރަކޮށްލުމާ ހަމައަށް އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރުގެ މަގާމު ފުރުއްވި ބޭފުޅާ އެވެ. އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ، އާޔަތުﷲ ރުހުﷲ ޚުމައިނީއަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެން، ގާތްގަނޑަކަށް 37 އަހަރު ވަންދެން ގައުމު އިސްކޮށް ހުންނަވައިގެން ހިންގެވި އެވެ. މިއީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެއް ބޭފުޅާ އެވެ.
އުމުރުފުޅުން 86 އަހަރުގެ ހާމަނާއީ އަވަހާރަވީ އާއިލާގެ ބައެއް ބޭފުޅުންނާއެކުގަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، 14 މަހުގެ ކުޑަ ކާފަ ދަރިކަނބަލަކު ހިމެނެ އެވެ. އެމަނިކުފާނަށް ފަހު ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދަރިކަލުން، މުޖުތަބާ ހާމަނާއީއަށްވެސް މި ހަމަލާގައި އަނިޔާވި ކަމަށް ރިޕޯޓުތައް ބުނާއިރު، އޭގެ ފަހުން އެމަނިކުފާނު އާންމުންގެ ތެރެއަށް ފެނިވަޑައިގެންފައެއް ނުވެއެވެ.
އަޒީޒާގެ ފެހުން 70 އަހަރުގައި ވެސް ވަރަށް ނަލަ!
އޮސްޓްރޭލިއާގެ އެހީގައި ކުޑަކުދިންގެ ޕާކުތައް ހަދަނީ
ރަސްގެފާނު ކަނޑު ފެއްތުމަށްހަފު ޖަހައިގަތް ވެރިކަން