އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ކެމްޕޭން އެކައުންޓްއާއި ވައިޓް ހައުސްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ބޭނުން ކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓްގެ ލަވަތަކުގެ އޯޑިއޯ (އަޑު) އުނިކޮށްފި އެވެ.
މީގެ ތެރެއިން އެންމެ ފަހުން އޯޑިއޯ ކަނޑާލާފައިވަނީ "ޓީމް ޓްރަމްޕް" ޓިކްޓޮކް އެކައުންޓުން އޮގަސްޓް މަހުގެ ކުރީކޮޅު އާންމުކުރި ވީޑިއޯއެއްގައި ބޭނުންކުރި ސުވިފްޓްގެ 2020 ވަނަ އަހަރުގެ އެލްބަމް "ފޯކްލޯ" ގެ މަޝްހޫރު ލަވަ "އޮގަސްޓް" އެވެ.
ޓްރަމްޕާއި އަންހެނުން މެލާނިއާ ޓްރަމްޕް ހަވާ އަރުވާ މަންޒަރު ބައްލަވަން ތިއްބަވާ މަންޒަރު ފެންނަ އެ ވީޑިއޯއިން ވެސް މިހާރު ސުވިފްޓްގެ ލަވަ ވަނީ ނަގައި، މިއުޓް ކޮށްފަ އެވެ.
އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެ ވީޑިއޯއިން ފެންނަނީ "މި އޯޑިއޯގެ ކޮޕީރައިޓް ވެރިފަރާތުން ތިޔަ ގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެއް ނުވޭ" ބުނާ މެސެޖެކެވެ. މިއީ ސުވިފްޓްގެ މިއުޒިކް ކޮޕީރައިޓް މެނޭޖްކުރާ ފަރާތުން ނުވަތަ އޭނާގެ ޓީމުން އެދިގެން ކުރި ކަމެއްކަމަށް ބެލެވެ އެވެ.
މީގެ ކުރިންވެސް ޓްރަމްޕްގެ ކެމްޕޭން އެކައުންޓުން އާންމުކުރި ބައެއް ވީޑިއޯތަކުގައި ބޭނުންކުރި ސުވިފްޓްގެ "ފާދާ ފިގާ" ) ފަދަ ލަވަތަކުގެ އޯޑިއޯވެސް ވަނީ ކޮޕީރައިޓް މައްސަލަތަކާ ހުރެ އުނިކޮށްފަ އެވެ.
ޓޭލާ ސުވިފްޓް އާއި ޑޮނަލްޑް ޓްރަމްޕްގެ ދެމެދުގައި ސިޔާސީ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވެ އެވެ. ސުވިފްޓް ވަނީ 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ސިޔާސީ ވާދަވެރިޔާ ކަމަލާ ހެރިސްއަށް އޮތް ތާއީދު އާންމުކޮށް ހާމަކޮށްފަ އެވެ.
އެއަށްފަހު ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި "ޓޭލާ ސުވިފްޓް ދެކެ އިންތިހާއަށް ފޫހިވާ ކަމަށް ބުނެ ޕޯސްޓްއެއް ކޮށްފަ އެވެ.
ހުއްދައެއް ނެތި ސިޔާސީ ކެމްޕޭންތަކާއި ހަރަކާތްތަކުގައި ލަވަ ބޭނުން ކުރުމާ ދެކޮޅަށް ދުނިޔޭގެ އެކި މަޝްހޫރު އާޓިސްޓުންނާއި މިއުޒިކް އުފައްދާ ފަރާތްތަކުން އަބަދުވެސް ގާނޫނީ ފިޔަވަޅުތައް އަޅައި އަޑު އުފުލަމުންދެ އެވެ.
މުޅިން އާ ގޭމް ޝޯއަކާއެކު އަނިލް އެނބުރި ޓީވީ ސްކްރީނަށް!
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް