ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ އަހުމަދު ސާއިދުގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ސާއިދުގެ ގާތް މީހުން ބުނި ގޮތުގައި އޭނާގެ ހާލަތު ކުއްލިއަކަށް ގޯސްވީ ރޭ ޑައިލަސިސް ހެދުމަށް ހޮސްޕިޓަލަށް ގޮސް އުޅެނިކޮށެވެ. އެ ވަގުތު އޭނާއަށް އިތުރު ސްޓްރޯކެއް ޖެހި، ހާލަތު ސީރިއަސްވުމުން އައިސީޔޫއަށް ބަދަލުކޮށްގެން ފަރުވާދޭން ފެށީ އެވެ.
ސާއިދުގެ އެކުވެރިއަކު ބުނި ގޮތުގައި އޭނާގެ ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. އަދި މި ވަގުތު އެދެނީ އެންމެންގެ ވެސް ހެޔޮ ދުއާއަށް ކަމަށް އޭނާ ބުންޏެވެ.
ޕީއެސްއެމް އިން ބުނީ ސާއިދަށް އައިސީޔޫގައި ފަރުވާދޭން ފަށާފައިވާއިރު، އޭނާ ދިޔައީ އާސަންދައިގެ އެހީގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ތައްޔާރު ވަމުން ކަމަށެވެ. އަދި ފަރުވާގެ ހުރިހާ ކަމެއް ހަމަޖެހި، މިމަހުގެ 13 ވަނަ ދުވަހު ލަންކާއަށް ދިއުމަށް ހުރިހާ ކަމެއް އޮތީ ހަމަޖެހިފައި ކަމަށް ވެސް ޕީއެސްއެމް އިން ބުނެ އެވެ.
ގދ. ތިނަދުއަށް އުފަން ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް 13 ޕަސެންޓަށް ދަށްވެފައިވީ ނަމަވެސް، އޭގެ ފަހުން ގަވާއިދުން ޑައިލަސިސް ހަދަމުންވެސް އޭނާ ދިޔައީ ހިތްވަރާއެކު ނޫސްވެރިކަމުގެ މަސައްކަތުގައި ދެމި ހުރެ އެވެ. މިފަހަރުގެ ވޯލްޑް ކަޕް މެޗްތަކުގެ ކަވަރޭޖް ޕީއެސްއެމް އިން ގެނެސްދިން އިރު ބައެއް ޝޯތައް ސާއިދު ހުށަހަޅާދީފައިވެ އެވެ.
ސަރުކާރުން ހިންގާ މީޑިއާ ކުންފުނި، ޕީއެސްއެމް އިން ބުނީ ބަލި ހާލަތާއެކު ވެސް ސާއިދު ފާހަގަކުރެވިފައި ވަނީ ވަޒީފާއަށް ކަމޭހިތާ، ޕީއެސްއެމްގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ކަމަށެވެ.
"ކިޑްނީ ބަލީގެ ވޭނުގައި އުޅެމުން ޑަޔަލަސިސް ހަދަމުން ވެސް އޭނާ އެންމެ ޝައުގުވެރިވާ ކުޅިވަރުގެ ދާއިރާގެ ޚަބަރުތަކާއި ޕްރޮގްރާމްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި ސްޕޯޓްސް ޓީމުގައި ސާއިދުގެ ދައުރު ނުހަނު ބޮޑުވެފައި މުހިންމު. ނިއުސް އެޑިޓަރެއްގެ ގޮތުގައި ކުޅިވަރު ޑެސްކުގެ ކަންކަން ބަލަހައްޓަމުންދަނީ ވެސް ސާއިދު،" ޕީއެސްއެމް އިން ބުންޏެވެ.
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ކައުންސިލްގެ އަތުން ބިން އަތުލެވޭ އިސްލާހު ބަލައިގެންފި
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
ރިޕްލައި