ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިން އާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ރޯވި ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި އެ ހާދިސާގައި "ހުޅު ޖެހުމުގެ" ހަމަލާއެއް ނުހިމެނޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ތަހުގީގުން ސާބިތުވާ ގޮތުގައި އަލިފާން ރޯވީ ކަރަންޓު ވަޔަރުތަކެއްގައި ރޯވެގެންނެ އެވެ.
އިހުސާން ވިދާޅުވީ ހާދިސާ ހިނގި ފުރަތަމަ ވަގުތު އެތަނަށް ދިޔަ ފުލުހުންގެ ބޮޑީކެމް ފުޓޭޖުން މިއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ނޫންކަން ކަށަވަރުވާ ކަމަށެވެ.
"އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެ ތަނަށް އެޓެންޑުވެގެން ފުލުހުންގެ ބޮޑީކޭމް ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަ ވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާ ކޮންޑިޝަންތެރޭގައި ހުރި ވަޔަރުތަކެއްގައި ކަން،" އޭނާ ވިދާޅުވި އެވެ.
ޑިސެމްބަރު 2024 ގައި ހިނގި މި ހާދިސާގައި، ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގި ޓިނު ބިލްޑިންގާއި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގި ގްރީން ބިލްޑިން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެހެންވެ އެ ތިން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ކުރިއަށްދަނީ ދަރުބާރުގޭގަ އެވެ.
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
ވަގުފް ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި