މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓް މެދުވެރިކޮށް ވަގުފް ފަންޑަށް މި އަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ ވަގުފް ކުރުމަށާއި ސަދަގާތް ދިނުމަށް މީރާގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ ހާއްސަ އޮންލައިން ލިންކުތައް މެދުވެރިކޮށް އާންމުން ހަދިޔާކުރި ފައިސާ އެވެ.
މި ފަންޑުން ހަރަދުކުރުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ވަގުފް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާއި އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ މައިގަނޑު ބޭނުމަކީ ދީނީ އެކިއެކި މަޝްރޫއުތަކަށާއި، މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ ތައުލީމު ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީރާގެ ޕޯޓަލް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ހަމަޖެއްސީ، މީގެ ކުރިން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް ފަސޭހަކަމާއެކު އެހީތެރިވެވޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ. އަދި އެ މިނިސްޓްރީން މިއަހަރު ފަންޑު ފުޅާކުރުމަށް ކުރާ މަސައްކަތަށް މީރާ މެދުވެރިކޮށް ލިބުނު ތަރުހީބަކީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝަހީމް ސިފަކުރެއްވި އެވެ.
އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މޭޔަރު ސައުދާ ސުވާލުކޮށްފި
3 މިނިސްޓްރީ އެނދީ ކަރަންޓް ޝޯޓު ވެގެން: އިހުސާން
ޕްރޮސެކިއުޝަން މަސައްކަތްތަކަށް އޭއައި ބޭނުންކުރަން ފަށައިފި