ފާއިތުވެ ދިޔަ ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް މައުލޫމާތު ދެއްވި ގޮތުގައި، ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ވަނީ ހިންގާފަ އެވެ. އެއީ ދުވާލަކު އެވްރެޖްކޮށް ފަސް އޮޕަރޭޝަނެވެ.
މި ހަރަކާތްތަކުގެ ތެރޭގައި މާލޭ އޭރިއާގައި ހިންގި 530 އަށްވުރެ ގިނަ އޮޕަރޭޝަނުގެ އިތުރުން ސަދަން ޕޮލިސް ސަރަހައްދުގައި 281 އޮޕަރޭޝަން އަދި ނޯދަން ޕޮލިސް ސަރަހައްދުގައި 329 އޮޕަރޭޝަން ކުރިއަށްދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. މި މުއްދަތުގައި ތުހުމަތުކުރެވޭ 23,249 މީހަކު ބަލާފާސްކޮށްފައި ވާއިރު، މަސްތުވާތަކެތި ބޭނުންކޮށް ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވޭ 7,300 އަށްވުރެ ގިނަ ތަންތަން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 1,875 މީހުންގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުން 760 އަށްވުރެ ގިނަ މީހުން، ސަދަން ޕޮލިސް ސަރަހައްދުން 530 އަށްވުރެ ގިނަ މީހުން އަދި ނޯދަން ޕޮލިސް ސަރަހައްދުން 570 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، މާލެ ސަރަހައްދުން 137.8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައި ވާއިރު، ސަދަން ޕޮލިހުން ތިން ކިލޯއަށްވުރެ ގިނަ އަދި ނޯދަން ޕޮލިހުން 3.4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ. މީގެއިތުރުން މުޅި ރާއްޖެއިން 1,856 ފުޅި ބަނގުރާ އަތުލައިގަނެފައިވެ އެވެ.
މުސްލިމް ވިދާޅުވި ގޮތުގައި ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ތަހުގީގުކުރި މަސްތުވާތަކެތީގެ 1,533 މައްސަލައިގެ ތެރެއިން މާލެ ސަރަހައްދުގެ 560 މައްސަލައެއް ހިމެނޭއިރު، އޭގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު
"ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފިން"
ކަނޑުއޮޅިން މައިންތައް ސާފުކޮށް އެއްކޮށް ހުޅުވާލައިފިން: ޓްރަމްޕް