އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގްގެ ދަށުން ގާއިމުކޮށްފައިވާ 60 ދުވަހުގެ ސުލްހައިގެ މުއްދަތު އޮގަސްޓް 17 އަށް ހަމަވާތީ، އެ މުއްދަތު އިތުރުކުރުމަށް އެމެރިކާއާއި އީރާނާއެކު މަޝްވަރާ ކުރަމުންދާކަމަށް ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތަކުން ބުނެފައިވަނީ، ސުލްހައިގެ މުއްދަތު އިތުރުކުރުމަށް ދެ ގައުމުންވެސް މިހާރު ރުހުން ދީފައިވާ ކަމަށެވެ. ނަމަވެސް، އިތުރުކުރާނެ ސީދާ މުއްދަތަކާ މެދު ގޮތެއް ނިންމުމަށްޓަކައި ދެ ފަރާތުގެ މެދުގައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރި އެވެ.
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާއާއި އީރާނުން ސުލްހަވުމަށް ފުރަތަމަ އެއްބަސްވީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އަދި ޖޫން މަހުގެ 17 ވަނަ ދުވަހު ދެ ގައުމުގެ މެދުގައި ފަހުގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި މަޝްވަރާތައް ފެށުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އެހެންނަމަވެސް، ސަލާމަތީ ކަންކަމާ ގުޅޭގޮތުން ދެވޭނެ ޔަގީންކަމާއި، ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ.
ޖުލައި މަހުގެ 8 އަކުން 24 އަށް އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ހަމަލާތަކެއް ބަދަލުކުރެވިފައިވެއެވެ. އެގޮތުން، އެމެރިކާއިން އީރާނުގެ އެތެރޭގެ އަމާޒުތަކަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ އުރުދުން، ބަހްރޭން އަދި ކުވެއިތު ފަދަ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް ހަމަލާދީ ރައްދު ދީފަ އެވެ.
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
ފުނައްޑޫ މަސް ފެކްޓްރީ ޑިސެމްބަރު މަހު ހުޅުވަނީ
ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ ރަނގަޅު ކުރަން އެދެފި
