މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ފިލްމު "އާވާރާޕަން 2"އަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު އެ ފްރެންޗައިޒްގެ ތިންވަނަ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ.
"އާވާރާޕަން 2"ގެ ލީޑު އެކްޓަރު އިމްރާން ހަޝްމީ މުމްބާއީގެ ސިނަމާއެއްގައި އޮތް އެ ފިލްމުގެ ސްކްރީނިންއަކަށް ކުރި ޒިޔާރަތެއްގައި ވަނީ ފިލްމުގެ ތިންވަނަ ބައެއް ވެސް އަންނާނެ ކަމަށް ބުނެފަ އެވެ.
ފިލްމުގެ ކޯ-ސްޓާރު ދިޝާ ޕަޓާނީއާ އެކު ސިނަމާއަށް ގޮސް، ފިލްމުގެ އިންޓަވަލް ތެރޭގައި ބެލުންތެރިންނާ ވާހަކަ ދައްކަމުން އިމްރާން ބުނީ، މިއީ ފިލްމު އުފެއްދި މީހުންނަށްވުރެ ބޮޑަށް ފޭނުންގެ ފިލްމެއް ކަމަށާއި، އިތުރު އެކްޝަނާއި އިމޯޝަންސްއާ އެކު މި ދަތުރު މާ ޝައުގުވެރިވާނެ ކަމަށެވެ.
ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާ ކުރަމުން، ފިލްމުގެ އިތުރު ބައެއް ނުވަތަ "އަވާރަޕަން 3" ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ނިތިން ކަކަރު ޑައިރެކްޓްކޮށް، "ވިޝޭޝް ފިލްމްސް"ގެ ދަށުން އުފައްދާފައިވާ "އަވާރަޕަން 2" އަކީ 2007 ވަނަ އަހަރު ނުކުތް މަޝްހޫރު ކަލްޓް ކްލެސިކް ފިލްމު "އަވާރަޕަން"ގެ ސީކުއަލް އެކެވެ.
މި ފިލްމުގައި އިމްރާން ހަޝްމީ އަލުން "ޝިވަމް ޕަންޑިތު"ގެ ރޯލުން ފެނިގެންދާއިރު، ފިލްމަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަ ކުރެވެ އެވެ.
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް
ސްޕެއިންގައި ތަމްރީނު މަތިންދާ ބޯޓެއް ވެއްޓި ދިވެއްސަކަށް އަނިޔާ