ސައިންސްވެރިންގެ ހޯދުންތަކުން އަބަދުވެސް އާންމުންގެ ސަމާލުކަން ހޯދާ އެއް މައުލޫއަކީ ނިދާއިރު ފެންނަ ހުވަފެން ތަކެވެ.
މަޝްހޫރު ނިއުރޯލޮޖިސްޓެއް ކަމަށްވާ ޑރ. ސުދިރް ކުމާރު ވަނީ ހުވަފެނާ ގުޅޭގޮތުން ޝައުގުވެރި ހަގީގަތްތަކެއް ހާމަ ކޮށްދެއްވާފަ އެވެ. މިގޮތުން ހުވަފެން ކޮންޓްރޯލް ކުރުމާއި ހުވަފެނާ ބެހޭގޮތުން ފާހަގަކޮށްލެވޭ ބައެއް މުހިންމު ކަންކަން ތިރީގައި މިވަނީއެވެ.
އެންމެ ފުރަތަމަ ކަމަކަށް، ކޮންމެ މީހަކަަށް ވެސް ނިދާ ކޮންމެ ރެއަކުހެން ހުވަފެން ފެނެ އެވެ. ނަމަވެސް ބައެއް ހުވަފެން ނުފެންނަ ކަމަށް ބުނަނީ އެ ފެންނަ ހުވަފެންތައް ހަނދާނުގައި ނުހުންނާތީ ކަމަށް ޑރ. ކުމާރު ވިދާޅުވެ އެވެ. ހުވަފެން ހަނދާން ނެތުމަކީ ވަރަށް އާންމު ކަމެކެވެ. ސަބަބަކީ ނިދިން ހޭލެވުމާއެކު ސިކުނޑިން އެ ހަނދާންތައް ފޮހެލާތީ އެވެ.
ދެވަނަ ކަމަކަށް، ހުވަފެން ފެންނަނީ ހަމައެކަނި "އާރްއީއެމް" (ރެމް) ނިދީގެ މަރުހަލާގައި އެކަންޏެއް ނޫނެވެ. ކުރިން ގަބޫކުރެވިފައި އޮންނަ ގޮތުން ހުވަފެން ފެންނަނީ ހަމައެކަނި ގަދަ ނިދީގެ އެ މަރުހަލާގަ އެވެ.
ނަމަވެސް ނިދީގެ އެހެނިހެން މަރުހަލާތަކުގައި އަދި ފުންކޮށް ނިދާފައި އޮންނަ ވަގުތުތަކުގައި ވެސް މީހުންނަށް ހުވަފެން ފެންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ތިންވަނަ ކަމަކަށް، ހުވަފެންތަކަކީ އާދަޔާ ހިލާފަށް ހަގީގަތަކަށް ވާހެން އިހްސާސްވާ ކަންކަމެވެ. ހުވަފެނެއްގައި އުޅޭއިރު ސިކުނޑިން ބިނާކުރާ މާހައުލަކީ އެހާ ވެސް ބުއްދި ގަބޫލު ކުރެވޭ ފަދަ ކަމަކަށް ވާތީ، އެއީ ހަގީގަތެއް ކަމަށް އިންސާނާއަށް ގަބޫލު ކުުރެވެ އެވެ. ބިރުގަތުމާއި، އުފާވުން ފަދަ އިހުސާސްތައް ހުވަފެނުގައި ކުރެވެނީ މި ސަބަބާ ހުރެ އެވެ.
ހަތަރުވަނަ ކަމަކަށް، އަމިއްލައަށް ބޭނުންވާ ގޮތަކަށް ހުވަފެން ބައްޓަން ކުރުމަކީ ނުވަތަ ކޮންޓްރޯލް ކުރުމަކީ ކޮންމެ މީހަކަށް އަބަދު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހާއްސަ ތަމްރީނުތަކަކާއި މަސައްކަތްތަކެއް ކޮށްގެން، ތިމާއަށް ހުވަފެނެއް ފެންނަމުންދާކަން އެނގޭ ހާލަތަކަށް (ލުސިޑް ޑްރީމްސް) ދިއުމަކީ ބައެއް މީހުންނަށް ކުރެވިދާނެ ކަމެކެވެ.
ފަސްވަނަ ކަމަކަށް، ހުވަފެނުގެ ސަބަބުން ނަފްސާނީ ގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށް ދުޅަހެޔޮ ސިއްހީ އާދަތައް ގެންގުޅުން މުހިއްމެވެ. ކަންބޮޑުވުންތައް ކުޑަކޮށް، ރަނގަޅަށް ނިދާ ހެދުމަކީ ގޯސް ނުވަތަ ބިރުވެރި ހުވަފެންތައް ފެނުން މަދު ކޮށްދޭނެ ކަމެކެވެ.
ހުވަފެންތަކަކީ ހަމަ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ހިއްސާއަކަށްވާއިރު އެކަމާ ބެހޭގޮތުން މައުލޫމާތު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް
އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އާއި ޝަމްއޫންގެ ނަން
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި