ރާއްޖޭގެ އުތުރުގެ ދެ ރަށަކާއި ދެކުނުގެ ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލްކުރި މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓުގެ ނިންމުންތަކަށްފަހު، ދައުލަތުން އެންމެ ފަހުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
މި މައްސަލައަކީ ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ނިންމުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން، އެސްޖޭ ކޮންސްޓްރަކްޝަން އާއި އެސްޖޭ ޓްރޭޑުން ހުށަހެޅި ބިޑްތައް ބާތިލުކުރުމުން އުފެދުނު މައްސަލައެކެވެ.
އެސްޖޭއިން ހުށަހެޅި ބިޑުތަކުގައި އެމްޕްލޯޔާސް ރިކުއާމެންޓް އަދި ފައިނޭންޝަލް ރިސޯސަސް ރިކުއާމެންޓް ފުރިހަމަނުވާ ކަމަށް ނިންމައި، އެ ބިޑުތައް ޑިސްކޮލިފައިކުރީ ނޭޝަނަލް ޓެންޑާ ބޯޑުންނެވެ. ނަމަވެސް އެސްޖޭއިން އެ ނިންމުން ސިވިލް ކޯޓަށް ހުށަހެޅުމުން، ދަށު ކޯޓުން ހުކުމްކުރީ އެސްޖޭއާ އެއްކޮޅަށެވެ.
އެގޮތުން ސިވިލް ކޯޓުން ނިންމާފައި ވަނީ އެސްޖޭއަކީ މާލީ އަދި އެމްޕްލޯޔާސް ރިކުއާމަންޓް ފުރިހަމަވެފައިވާ ފަރާތެއް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމާ މެދު ނުރުހިގެން ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ނިޔަލަށް މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވެސް ނިންމީ އެސްޖޭ ކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމް ދެމެހެއްޓުމަށެވެ.
އެހެންކަމުން ދައުލަތުން މިހާރު ވަނީ މި މައްސަލަ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް، މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
މެންބަރުންގެ ހެލްތު އިންޝުއަރެންސް ލިމިޓު 1.35 މިލިއަނަށް!