އެހެން މީހުންނަށް ރަނގަޅު ފިނިހޫނުމިނެއްގައި ހުރެވުނު ނަމަވެސް، ތިމާއަށް އާދަޔާހިލާފަށް ފިނިވެ، އަބަދުވެސް އިތުރު ރަޖާގަނޑެއް ނުވަތަ ބޯ އުރައެއް ބޭނުންވާނަމަ އެއީ ސަމާލު ވާންޖެހޭ ކަމެކެވެ.
މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ކުނާލް ސޫދު ހާމަ ކުރައްވާފައިވާ ގޮތުގައި، މިއީ ހަށިގަނޑުގައި ދަގަނޑު މާއްދާ މަދުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ އެވެ.
އަޔަން ޑެފިޝެންސީ ނުވަތަ ދަގަނޑުގެ މާއްދާ މަދުވުން މެދުވެރިވަނީ ކީއްވެ؟
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ ބައި ނުލިބުމަކީ ހަށިގަނޑުގައި ހީމޮގްލޮބިން އުފެދުމަށް ހުރަސްއަޅާ ކަމެކެވެ. ހީމޮގްލޮބިންއަކީ ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދީ، ހަކަތަ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ސެލްތަކަށް އޮކްސިޖަން ލިބުން ދަށްވެ، ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގެ ގާބިލު ކަމަށް އަސަރުކުރެ އެވެ.
ސަމާލުވާންޖެހޭ މުހިންމު އަލާމާތްތައް
ޑރ. ކުނާލް ސޫދު ފާހަގަކުރައްވާފައިވާ ގޮތުގައި، ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ފެނިދާނެ މުހިންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- އާދަޔާހިލާފަށް ފިނިވުން: އެހެން މީހުންނަށް ފަސޭހަ އާދައިގެ ފިނިހޫނުމިނެއްގައި ހުރެވުނު ނަމަވެސް، އަމިއްލަ ނަފްސަށް މާ ބޮޑަށް ފިނިވެ، އަބަދުވެސް އިތުރު ފޭރާން ލުމަށް ބޭނުންވުމަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
- ސަބަބެއްނެތި ނޭވާ ކުރުވުން: ކުޑަކޮށް ހިނގާލުމުން، ސިޑިއަކަށް އަރުމުން ނުވަތަ ކުޑަ ބަރުދަނެއް އުފުލާލުމުން ނޭވާލާން އުނދަގޫވެ، ނޭވާ ކުރުވާ ގޮތްވުމަކީ އޮކްސިޖަން ފޯރުކޮށްދިމުގައި ދަތިތަކެއް އުޅޭކަން ދައްކުވައިދޭ ކަމެކެވެ.
- އިސްތަށި ފޭބުން އިތުރުވުން: ފެންވަރާ ވަގުތު ނުވަތަ ބޮލުގައި ފުނާ އަޅާއިރު އާދަޔާހިލާފަށް ގިނައިން އިސްތަށި ފައިބާނަމަ، މިއީވެސް ހަށިގަނޑުގައި ވިޓަމިން ނުވަތަ ދަގަނޑުގެ ބައި މަދުވުމުން ދިމާވެދާނެ ކަމެކެވެ.
- އަބަދު ވަރުބަލިވެ، ވަރުދެރަވުން: ރަނގަޅަށް ނިދާފައި އޮތް ނަމަވެސް، ދުވަހުގެ ކަންކަމުގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެ، ހަކަތަ ހުސްވެފައި ހުންނަހެން ހީވުމަކީ އަޔަން ޑެފިޝެންސީގެ އާންމު އަލާމާތެކެވެ.
- ކަސްރަތު ކުރުމުގެ ގާބިލިކަން ދަށްވުން: ކުރިން ފަސޭހައިން ކުރެވޭ ކަސްރަތުތައް މިހާރު ކުރުމުން އަވަހަށް ވަރުބަލިވެ، ހަށިގަނޑަށް އުނދަގޫވުމަކީ ސަމާލުވާންޖހޭ ކަމެކެވެ.
މިފަދަ އަލާމާތްތައް ފެންނަ ނަމަ، އަމިއްލައަށް ކަންކަން ނިންމުމުގެ ބަދަލުގައި ޑޮކްޓަރަކަށް ދައްކައި، ލޭގެ ޓެސްޓު (ފެރިޓިން، ޓްރާންސްފެރިން ސެޗުރޭޝަން އަދި ކޮމްޕްލީޓް ބްލަޑް ކައުންޓް) ހަދައިގެން ޔަގީން ކުރުމަކީ މުހިއްމު ކަމެކެވެ.
މޯލްޑިވިއަނުން ގަންނަން ޖެހޭ ހިދުމަތްތަކެއް ތައާރަފުކޮށްފި
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން
އޮފީސް މޭޒު ދޮށުގައި ކޮޅަށް ހުރުން މާމޮޅު ތަ؟