ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތައް ލައްވާ ސޮއިކުރުވައިގެން، ލޯކަލް ކައުންސިލްތަކުގެ ބިންތަކާއި އިމާރާތްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 3,800 އަށްވުރެ ގިނަ ސޮއި ހޯދައިފި އެވެ.
މި މައްސަލަ ފެށިގެން އައީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ބޭރުކުރުމަށް ގޮވާލައި އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަކަށް 2,300 އަށްވުރެ ގިނަ ސޮއި ލިބުމުންނެވެ.
އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން 2,100 ސޮއި ހަމަވާނަމަ އެއީ މަޖިލީހުން އެންމެ އިސްކަންދީގެން ތަޅުމުގައި ބަހުސްކުރަންޖެހޭ މައްސަލައެކެވެ. ނަމަވެސް އެއް މައްސަލައަކަށް ދެ ޕެޓިޝަން ހުށަނޭޅޭނެ ކަމަށް އޮތް ގަވާއިދަށް ބަދަލު ގެނެސް، ސަރުކާރަށް ފަހިވާ ގޮތަށް އަލުން ހުށަހެޅި ޕެޓިޝަނުގައި މިހާރު ވަނީ 3,851 ސޮއި ހަމަކޮށްފަ އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ސޯޝަލް މީޑިއާ ގްރޫޕްތަކަށް ލިންކު ފޮނުވައިގެންނާއި، ސޮއިކުރިކަމުގެ ސްކްރީންޝޮޓް ހޯދައިގެން އަދި އާއިލާ މީހުންގެ އައިޑީ ކާޑު ނަންބަރާއެކު ސޮއިކުރަން މަޖުބޫރުކުރަމުންދާ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސިޓީތަކާއި ބޮޑެތި ރަށްތަކުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށް ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފަހުންނެވެ.
ދަރިންގެ ހަރަދު ނުދޭ މީހަކު ޖަލަށްލައި, ފޮޓޯއާއެކު އާންމުކޮށްފި
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟