މިއަހަރުގެ މިހާތަނަށް ފޭރުމުގެ 368 މައްސަލަ ހުށަހަޅައިފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނަށް ހުށަހަޅާ ތަފާތު މައްސަލަތަކުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް އާންމުކޮށް ހުށަހެޅޭ މައްސަލަތަކެއްކަން ފާހަގަކޮށް ފުލުހުން ބުނީ މިބާވަތުގެ 4،390 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ވައްކަމުގެ މައްސަލަތަކުގެ ތެރޭގައި 4،562 މައްސަލައެއް ހިމެނޭއިރު، 368 ފޭރުމުގެ މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ފަދަ މައްސަލަތަކަށް ބަލާއިރު، މަގު ފޭރުމުގެ ގިނަ މައްސަލަތަކުގެ ތެރެއިން ގިނައިން ހުރީ މީހުންގެ ފޯނާއި ވޮލެޓި ފަދަ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.
ފޭރުމުގެ މައްސަލަތައް ހައްލުކުރުމަށް މަގުމަތީގައި ފޯނު ފަދަ ތަކެތި ބޭނުންކުރާއިރު، ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ފަހަތު ޖީބަށް ފޯނު ލުމާއި މަގާއިވީ ފަރާތަށް ދަބަސް އެލުވައިގެން ނުދިއުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ބަންގްލަދޭޝްގެ ރައީސް އިސްތިއުފާދެއްވަން ނިންމަވައިފި
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
