34 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ މި ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވި ގައުމީ ގުރުއާން މުބާރާތްތައް ބޭއްވުމުގައި ދިރާގުން އެހީތެރިވަމުން އަންނަ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ބާރަ ކެޓަގަރީއަކުން 1،700 ކުދިން ބައިވެރިވެ އެވެ. މި މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި ސްކޫލުތަކާއި ގުރުއާން ކްލާސްތަކުގެ އިތުރުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ.
ކޮންމެ އަހަރު ބާއްވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ މައިގަނޑު ބޭނުމަކީ ގައުމީ ފެންވަރުގައި އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިވެ ގުރުއާން ކިޔެވުމުގެ ހުނަރު ކުރިއަރުވައި ދަސްކުރުމެވެ.
ދިރާގުން އަބަދުވެސް އަންނަނީ އިޖްތިމާއީ ކަންކަމާ ދީނީ ކަންކަން ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި