ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 800 އެއްހާ ޓެބްލެޓް ހޯދުމަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ޖުމްލަ 812 ޓެބްލެޓެއް ހޯދަން ބޭނުންވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިގޮތުން، މި މަސައްކަތް ކުރަން ބޭނުންވާ މީހުން، 500 ރުފިޔާގެ ނޮން ފިފަންޑަބަލް ފީއެއްގެ އިތުރުން ބިޑް އެކިއުރިޓީގެ ގޮތުގައި 33،000 ރުފިޔާ ބަހައްޓަން ޖެހޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތް ކުރަން ބޭނުންވާ މީހުން އަންނަ އަހަރު، ޖެނުއަރީ 24ގެ ނިޔަލަށް ބިޑް ހުށަހަޅަން ޖެހެ އެވެ.
އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސެޕްޓެމްބަރު 17 އިިން 30 އަށެވެ. އަދި އޮކްޓޫބަރު ހައެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރާއިރު، ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!
