އުމުރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
އުމްރާ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވީ ނ. ހޮޅުދޫ، ސާދާގެ، ހާމިދު މުހައްމަދު އެވެ.
އޭނާ ނިޔާވީ ރޭ ދަންވަރު 2:15 ގައި ކަމަށްވެ އެވެ.
ކޮވިޑާ ގުޅިގެން މައްކާ ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސައުދީން ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުން ގިނަ އަދަދެއްގެ ދިވެހިން ވަނީ އުމްރާއަށް ދާން ފަށައިފަ އެވެ. ހާއްސަކޮށް މިފަހަރު ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ދިޔަ އެވެ.
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ވޭތަ؟
އޭއައި އެޖެންޓް ކޮންޓްރޯލު ގެއްލި ކުންފުންޏެއް ހެކްކުރި މައްސަލަ
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
