އައްޑޫގައި މޫދަށް ގެނބުނު މީހަކު އައްޑޫން ޕޮޒިޓިވް ވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުރި މީހާ އުސޫލާ ޚިލާފަށް ރަށުތެރެއަށް އުޅުނު މީހާ، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ކޮވިޑް ޓެސްޓު ކުރުމުންނެވެ.
އެނގިފައިވާގޮތުން އޭނާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވިކަން އެޗްޕީއޭއިން މިހާރު ވަނީ އަންގާފަ އެވެ. އަދި އޭނާ ސަލާމަތް ކުރަން މޫދަށް ފޭބި މީހާ ވެސް އެކަހެރި ވާން ވަނީ އަންގާފަ އެވެ.
އެ މީހާ ޕޮޒިޓިވްވި ނަމަވެސް އެޗްޕީއޭ އިން މިރޭ ބުނީ އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ކޮމިއުނިޓީ ސްޕްރެޑަކީ އެ އެޖެންސީ ބަލަންޖެހޭ ވަކި ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ ކަމެއް ކަމަށެވެ. ނަމަވެސް އައްޑޫގައި މިވަގުތު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް އެ އެޖެންސީން ބުންޏެވެ.
ޕްރިޔަންކާގެ އުފަން ދުވަހާ ދިމާކޮށް ނިކްގެ ލޯބި މެސެޖެއް!
ކެޓްރީނާގެ އުފަން ދުވަހު ލައިގެން ހުރި ހެދުމުގެ އަގު އެނގޭތަ؟
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!