ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭގެ ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ހިޔާ ސަރަހައްދުގެ ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިފައިވާއިރު، ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނީ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ކޮނުމުގެ ތެރޭގައި ގެއްލުންވެގެން ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ކަމަށެވެ.
"ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް. މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ މިހާލަތުގައި ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ. ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާތާ ގަޑިއިރަކަށް ވުރެ ގިނައިރު ވެއްޖެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
