މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ ދަރިފުޅު ވާމިކާގެ މޫނު ބަލައިލުމަށް ގިނަ ބަޔަކު ކުރި އިންތިޒާރަށް ނިމުމެއް ގެނެސްފި އެވެ.
އަނުޝްކާ އާއި ވިރާޓް، އެ ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ކަމަށްވާ ވާމިކާގެ އެއްވެސް މައުލޫމާތެއް ނުވަތަ މޫނު ހާމަވާ ފޮޓޯއެއް މީޑިއާއަތަކަށް ހިއްސާނުކުރާއިރު، ދާދި ފަހުން އަނުޝްކާ ވާމިކާއާއެކު ބެލްކަނީގައި ހުއްޓިގެން ހުރި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ފޭނުން ބުނާގޮތުގައި ވާމިކާ އެންމެ ވައްތަރީ އޭނާގެ ބައްޕައާ އެވެ. އަދި މިސަބަބާއި ގުޅިގެން ފޭނުން ދަނީ ސޯޝަލް މީޑިއާގައި ވިރާޓްގެ ކުޑައިރުގެ ފޮޓޯއަކާއި ވާމިކާއާ އެޑިޓްކުރުމަށްފަހު އަޅާކިޔަމުންނެވެ. އޭގެ އިތުރުން ވާމިކާ އަކީ އެހާމެ ލޯބި ކުއްޖެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
އެ ދެމަފިރިން، ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި ވާމިކާއާއެކު އެ ދެމަފިިރިން ފެންނައިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ،
ވާމިކާގެ މަންމައަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވާމިކާގެ ބައްޕައަކީ ވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާއެކެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް މަގާމުން ވަކިކޮށްފި
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
