އއ. މާޅޮހުގެ ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރު ސެޓެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
ސްޓްލެކޯއިން ބުނީ މާޅޮހުގެ ކަރަންޓުގެ ކެޕޭސީޓި އިތުރުކުރުމަށްޓަކައި، އެ ރަށަށް ފޮނުވާފައިވާ 200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ބަހައްޓައި މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ.
މި ޖަނަރޭޓަރު ސެޓާއެކު މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 479 ކިލޯ ވޮޓުން 679 ކިލޯވޮޓަށް އިތުރުކުރެވިފައި ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ސްޓެލްކޯ އިން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހު ސްޓެލްކޯ އިން ވަނީ އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސީޓީ އިތުރުކުރުމަށްޓަކައި ފޮނުވާފައިވާ އައު ޖަނަރޭޓަރުސެޓް ކޮމިޝަން ކުރެވި ހިދުމަތް ދޭން ފަށާފަ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
