ހުޅުމާލޭގައި ކުޑަކުދިން ބެލުމަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުޑަކުދިން ބެލުމަށް ހާއްސަ ޑޭ ކެއާ ސެންޓަރެއް އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ބޯގަންވިލާ މަގުގައި ކަމަށެވެ.
މި ސެންޓަރު ތަރައްގީކުރުމަށް އެކި ގޮތް ގޮތަށް ޕްރޮޕޯސަލް ހުށަހެޅޭއިރު، އެތަން ތަރައްގީ ކުރާ ބަޔަކަށް އެ ސެންޓަރު ކުއްޔަށް ދިނުމުގެ ހައްގު ދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. އަދި އެނޫން ގޮތަކަށް ހުށަހަޅާނަމަ ދެ ފަރާތަށް ލިބޭ މަންފާ، ސާފުކޮށް ބަޔާން ކޮށްދޭންވާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ހުޅުމާލެ ހިޔާ ފްލެޓްތަކުގައި ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށް އެޗްޑީސީން އިއުލާނުކުރީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ.
އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކުގެ ތިން ވަނަ ޓަވަރުގެ ކޮމާޝަލް ޖާގައިގައި ޑޭކެއާ ސެންޓަރު ހެދުމަށް 2،100 އަކަފޫޓުގެ ޖާގައެއް އެ ކޯޕަރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް
