އޮޕަރޭޝަން ކުރަން ޖެހޭތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވައިފި އެވެ.
މިއީ ރާއްޖޭގެ ރައީސަކު މަސްއޫލިއްޔަތުތައް ނައިބު ރައީސަކާ ހަވާލުކުރިކަން ރަސްމީކޮށް އެންގެވި ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާ އެކު މާދަމާ ހެނދުނު އެ މަނިކުފާނުގެ ތައިރޮއިޑްގެ ސާޖަރީއެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ސާޖަރީގެ މުއްދަތަށް ވަގުތީ ގޮތުން އަޅުގަނޑުގެ މަސްއޫލިއްޔަތުތައް އަދާކުރާނެކަން ރަސްމީކޮށް މަޖިލީހުގެ ރައީސަށް އަންގައިފިން. އަދި ވަރަށް އަވަހަށް ވަޒީފާއަށް އެނބުރި ނުކުމެވޭނެ ކަމަށް އަޅުގަނޑު އިންތިޒާރު ކުރަން،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހު މި އޮޕަރޭޝަން ކުރައްވަނީ ސިންގަޕޫރުގަ އެވެ.
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން