ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް ރައީސް ސޯލިހު އައްޔަންކުރައްވާފައިވަނީ އަހްމަދު ފާތިހް އެވެ.
އަހްމަދު ފާތިހް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފަ އެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަހްމަދު ފާތިހް ވަނީ އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފަ އެވެ.
ފިޝަރީޒް މިނިސްޓަރީގެ ނައިބުގެ މަގާމަށް ފާތިހު އައްޔަންކުރެއްވުމުން އެ މިނިސްޓްރީގައި ޖުމްލަ ތިން ނައިބު ތިއްބަވާނެ އެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ.
މިނިސްޓަރުންގެ ނައިބުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 35،500 ރ. ލިބިވަޑައިގަންނަވަ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި