ދޯންޏެއްގައި ބާއްވާފަ އޮތް ޑިންގީއެއް ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ، އެ ޑިންގީ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި ޑިންގީ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ޑިންގީގައި މީހަކު ހުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ޑިންގީ ހޯދުމުގެ މަސައްކަތް އަދިވެސް އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ.
ޑިންގީއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ، ހުޅުމާލެ ޕޮލިހަށް ގުޅައި އެ މައުލޫމާތު ސާފުކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
