ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ދިހަ ފިހާރައަކުން މިހާރު ހިދުމަތް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގައި އާންމުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފިހާރަ އާއި ކެފޭ އަދި އެހެނިހެން ހިދުމަތްދޭ ތަންތަން ވެސް އަންނަނީ ހުޅުވަމުންނެވެ.
އެޗްޑީސީން ބުނީ މިއަދު ހިޔާ ޓަވަރު އެކެއްގައި "ހަޒާޝް" ފިހާރަ ހުޅުވުމާއެކު އެ ސަރަހައްދުގައި މިހާރު ރީޓެއިލް ފިހާރާގެ އަދަދު ދިހަޔަކަށް އަރާފައިވާ ކަމަށެވެ.
ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަން ހިންގަން ކުއްޔަށް ދިނުމަށެވެ. އެ ތަންތަނުގައި ފާމަސީ އާއި ސެލޫނާއި އަދި ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެއްޖެ
