މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންޒާރުދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޣައްސާނު އެ ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި އާންމުކުރި ވީޑިއޯގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް މިހާތަނަށް ފުލުހުން އެއްވެސް މަސައްކަތެއް ކުރިކަން އެނގެން ނެތް ކަމަށް ވެސް ޣައްސާނުގެ ސިޓީގައިވެ އެވެ.
ޣައްސާނު އެދިފައި ވަނީ އެ މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށެވެ.
ރައީސް ޔާމީން "ސައިޒްކޮށްލާނެ" ކަމަށް ޔޫތް ފޯސްގެ ނަމުގައި އާންމުކޮށްފައިވާ ވިޑިއޯއިން ވަނީ ބުނެފަ އެވެ.
ޕީޕީއެމްއިން ތުހުމަތުކުރާގޮތުގައި އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ތާއީދުކުރާ ގްރޫޕެކެވެ. ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އިސްވެ ހުންނަވައި އިއްޔެ އެ ގްރޫޕުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.
ތާރީހު ބަދަލު ކުރެވުނީ އާޝާގެ ސަބަބުން: ހެލެން
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
