ރާއްޖެއާ ދުރުން އުފެދިފައިވާ ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެއާ ދުރުން، ބޭ އޮފް ބެންގާލްއާއި ދެކުނު އިންޑިއާގެ ކަނޑުގައި ދެ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދުރުން އުފެދިފައިވާ އެ ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް، އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
މެޓުން އިތުރަށް ބުނީ، އެދެ ކޮޅިގަނޑުވެސް އަދި ތޫފާނަކަށް ބަދަލު ނުވާކަމަށެވެ. އެހެންނަމަވެސް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް މެޓުން ބުނެފައިވެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ހުދު ސަމާލުނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
