މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގެ ފާރުގައި ވެސް "އިންޑިއާ އައުޓް" ޖަހައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، މާލޭގެ އެކި ގެތަކުގައި އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ޝިޔާރު ލިޔެ ކުރަހަން ފަށައިފަ އެވެ.
އެގޮތަށް އޭޑީކޭ ހޮސްޕިޓަލުގެ ފާރުގައި ވެސް ލިޔެފައިވާއިރު، އޭޑީކޭއިން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލް "ވަގުތަށް" ނޫހަށް ދިން އިންޓަވިއުއެއްގައި ވަނީ ހޮސްޕިޓަލަކީ މީހުންނަށް ފަރުވާދޭ ތަނެއްކަން ފާހަގަކޮށް، އެފަދަ އަމަލަކީ އެ ހޮސްޕިޓަލުން އެއްވެސް ގޮތަކަށް ތަރުހީބުދޭ އަމަލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެންވުމާއެކު ސިޔާސީ ކަންކަމާ ގުޅުވައިގެން ހޮސްޕިޓަލުގެ ފާރުތަކުގައި ޝިއާރު ލިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.
އީރާނަށް ހަމަލާދިނުމަށް ޔޫކޭ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފި
ޒުވާނުންގެ މުޒާހަރާއާއެކު އިންޑިއާ ސިޔާސީ ނުތަނަވަސްކަމުގައި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
