ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީސް ދޮރަށް ސްޕްރޭ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހާދީފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާ މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ޝަރުތުކޮށްފައިވަނީ ކޮން ކަމަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޔާމީންގެ ގެއަށާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިނީ، ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ޔާމީންގެ ގެ ކުރިމަތީގައި މުޒާހަރާ ކުރި ފަހުންނެވެ.
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!