މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ އެމްޑީޕިގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައީސް ކަމަށް ވާދަކުރައްވާނީ ކޯލިޝަނަކާއެކު ކަމަށާއި އެ ނޫންގޮތަކަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ އެ ވާހަކަތަކާ ގުޅިގެން ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދުގެ ހާލަތަކީ އަމިއްލަ އިންމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ހާލަތެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނައި މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.
މީގެކުރިން ނަޝީދު ވެސް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
