ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިނިސްޓަރު މާރިޔާގެ ތާއީދު ރައީސް ސޯލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވަނީ 2018 ވަނަ އަހަރު ރައީސް ސޯލިހު އިންތިހާބުވުމަށްފަހު މިއަދާ ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަޝިޕް ކޮލިޓީއާއި ގައުމު ހިންގެވުމުގެ ގާބިލްކަން ދައްކަވާފައި ކަމަށެވެ.
ރައީސް ސޯލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއެކު މަސައްކަތްކޮށް، ގައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ގައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހުވަނީ އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އެންމެފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިއުލާން ކުރައްވާފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންވާނަމަ އެމަނިކުފާނަކީ އެންމެ ރަނގަޅު "ޗޮއިސް" ކަމަށާއި ކޯލިޝަނާ އެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފުރަތަަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަންކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!