ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު މުހައްމަދު މާހިރު ދީދީ އަވަހާރަވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ރިސޯޓު ހިންގާ އެއް ކުންފުނީގެ އެއް ހިއްސާދާރު އަދި ޑިރެކްޓަރު މުހައްމައިދީ އަވަހަރާވީ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އެވެ.
އެނގިފައިވާ ގޮތުގައި ފަހަކަށް އައިސް މެލޭޝިއާގައި ދިރިއުޅުއްވަމުން ގެންދެވި، މުހައްމައިދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް އެއީ ކޮންކަހަލަ އާލާސްކަންފުޅެއް ކަމެއް ސާފެއް ނުވި އެވެ.
އުމުރުން 60 އަހަރުގެ އަހަރުތައް ގުނަމުންދާ މުހައްމައިދީ އަކީ ޔުނިވާސަލްގެ އެއް ޑިރެކްޓަރު އަހުމަދު މާހިރު ދީދީއާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. އަދި މުހައްމައިދީގެ އެއްބަނޑު ބޭފުޅުންގެ ތެރޭގައި އަލީ ނުރައްދީން އާއި އިސްމާއިލް ނޫރައްދީނާއި މަރިޔަމް ނޫރައްދީނާއި އައިޝަތު ނޫރައްދީން އަދި ހަދީޖާ ނޫރައްދީނާ އެއްބަނޑު ބޭފުޅެކެވެ. މުހައްމައިދީގެ ބައްޕާފުޅަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ ބައްޕާފުޅު އަބްދުލް މަޖީދު މާހިރެވެ.
މުހައްމައިދީގެ މަންމާފުޅު ފާތިމަތު ނާސިރާ މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އަވަހާރަވެފަ އެވެ.
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި