އަކްޝޭ ކުމާރަކީ ބޮލީވުޑްގައި ފާގަހަކޮށްލެވޭ އެންމެ މަޝްހޫރު އެއް ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އަކްޝޭ ވަނީ އޭނާ ކުޅެދިން ކާމިޔާބު ފިލްމުތަކުގެ ޒަރިއްޔާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، ފިލްމުތަކުގެ ޒަރިއްޔާރިން މުޖުތަމައުއަށް ފައިދާކުރާނެ އެތައް މެސެޖުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
އެފަދައިން ފިލްމު ކުޅުނު ފަންނާނުންގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ މަގާމުތަކަށް ކުރިމަތިލާފައިވާއިރު، ސިޔާސީ މަގާމަކަށް ކުރިމަތިލުމާއި ދޭތެރޭގައި އަކްޝޭގެ ހިޔާލަކީ ބެލުންތެރިން އަބަލުވެސް ބަލަން ބޭނުންވި ކަމެކެވެ.
ނަމަވެސް މިކަމާ ގުޅިގެން ނޫސްވެރިއަކު އަކްޝޭއާ ކުރި ސުވާލަކަށް ޖަވާބުދެމުން އަކްޝޭ ވަނީ އޭނާ އެއްވެސް ވަރަކަށް ސިޔާސީ ކަންކަމަށް ޝައުގުވެރި ނުވާކަމަށް ބުނެފަ އެވެ.
ހަމައެހެންމެ ފިލްމީ ދާއިރާއަކީ އޭނާ އަބަދުވެސް މަސައްކަތް ކުރަން ބޭނުންވި ދާއިރާއެއްކަން ފާހަގަކޮށް އަކްޝޭ ވަނީ އޭނާ އަބަދުވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު އަކްޝޭ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ލޯބީގެ ރޯލުތަކުންނާއި ކޮމެޑީ، އަދި އެކްޝަން ފިލްމުތަކުންނެވެ.
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
