ބޮލީވުޑްގައި 90ގެ އަހަރުތަކުގައި ގިނަ ބައެއްްގެ ހިތްތަކުގައި ވެރިކަން ކުރި ފަންނާނު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ކައިވެނިކުރަން އުޅޭކަމަށް ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ސުނިލް ރައްދު ދީފި އެވެ.
މިއަހަރުގެ ފަހުކޮޅު އެ ދެމީހުން ކައިވެނި ކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވާއިރު، އެކަމާ ގުޅިގެން ސުނިލް ނުވަތަ އާއިލާގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އަނެއްކާވެސް އެދެމީހުންގެ ކައިވެނީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، ދާދި ފަހުން ސުނިލް ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހަބަރުތަކާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.
އޭނާ ބުނިގޮތުގައި އާތިޔާގެ ކައިވެނީގެ އެއްވެސް ކަމެއް ނިންމާކަށް އޭނާ އަދި ނޫޅެ އެވެ. އަދި ކައިވެނި ކުރަށް ހަމަޖެހޭނީ އެކަމަށް އާތިޔާ ބޭނުން ވުމުން ކަމަށާއި، ކައިވެނީގެ އެއްވެސް ތައްޔާރީއެއް ވަމުން ނުދާކަމަށް އޭނާ ބުނެފައިވެ އެވެ.
އާތިޔާ އާއި ރާހުލްގެ ލޯބީގެ ގޮތުން ގުޅިފައިވާކަމަކީ އިންޑަސްޓްރީގެ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.
ދެ މީހުންގެ ފޮޓޯ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު، އެ ދެމީހުން ވެސް މިއަހަރު ފަހުކޮޅު ކައިވެނިކުރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުގައި މީގެ ކުރިން ބުނެފައިވެ އެވެ.
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
