ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މާމިގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ކަމަށެވެ. އެގޮތުން އިއްޔެ ނައްތާލާފައިވަނީ 1،318 ފުޅި ބަނގުރާއާއި 347 ދަޅު ބިޔަރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ 2021 ޑިސެމްބަރ 26 އިން މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
އިންސާނުންނަށް އުފާވެރިކަން ލިބެނީ ކޮން ކަމަކުން؟
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!