ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި މިދިޔަ ހަފުތާގައި ގޭސް ފުޅިއެއް ލީކުވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު މިއަދު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ހުރިހާ"އަށް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލުން 41 އަހަރުގެ އަހަރުގެ އެ މީހާ ގެންދިޔައިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:35 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ، ތިނަދޫ މުހައްމަދު ފަޒްލީލް އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ 40 ޕަސެންޓް ފިހިފައި ކަމަށެވެ.
އެ ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު ފިހިފައިވެ އެވެ. އޭގެ ތެރެއިން ފަޒްލީލް ފިޔަވައި އެހެން އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫނެވެ.
އެ ހާދިސާގައި ބައެއް މީހުންގެ މޫނު ފިހިފައިވެ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
