ކިޔަވާއިރު ހަށިގަނޑަށް ބޭނުންވާ ރަނގަޅު މާއްދާތައް ލިބުމަކީ ކިޔެވުމުގެ ފެންވަރު ރަނގަޅުވެ ނަތީޖާ ވެސް ރަނގަޅު ކޮށްދޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ދަރިންގެ ކިޔެވުމުގެ ނަތީޖާތައް ރަނގަޅު ކުރުމަށްޓަކައި އެ ކުދިންގެ ކެއުމުގައި ހިމެނުން ރަނގަޅު ވިސްނުން ތޫނުކޮށްދޭ ކެއުންތަކެކެވެ.
ވޯލްނަޓް
ވޯލްނަޓް އަކީ ހިތުގެ ދުޅަހެޔޮ ކަމަށާއި އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ އިތުރުން ފައިދާހުރި އަލްފާ އިލްނޮލެނިކް އެސިޑް އިން މުއްސަނދިވެފައިވާ މަދެކެވެ. އަލްފާ އިލްނޮލެނިކް އެސިޑް ނުވަތަ އޭލެލްއޭ އަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކޮށްދޭ މާއްދާއެކެވެ. އޭގެ އިތުރުން ސިކުނޑީގައި ލޭ އަދި އޮކްސިޖަން ދައުރު ކޮށްދިނުމަށް އެހީވެދެ އެވެ.
އެވަކާޑޯ
މިއީ ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ވިޓަމިން ކޭ އަދި ފޮލޭޓް އެކުލެވުމުގެ ސަބަބުން ސިކުނޑީގައި ލޭ ގަނޑުވުމުން ދުރުކޮށްދެ އެވެ. އަދި ވިސްނުން ތޫނުކޮށްދީ ކަންކަމަށް ސަމާލުކަން ދިނުމަަށް އެހީވެދެ އެވެ. ހަމަ އެހެންމެ އެވަކާޑޯ އަކީ ފައިދާހުރި ފެޓްސް ހިމެނޭ ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމަށް އެހީވެދޭ މޭވާ އެކެވެ.
މުޒާހަރާ ހުއްޓުވަން ޒުވާނުންނާއެކު ބޭއްވި މަޝްވަރާ ކާމިޔާބު ނުވި
އިދިކޮޅު ލީޑަރު ރާހުލް ގާންދީ ދަރިވަރުންނާ ބައްދަލުކުރައްވައިފި
ކޭޝިއަރުންގެ ވަޒީފާއަށް ދިވެހީންނަށް އިސްކަންދެވޭ ގޮތް ހަދަނީ