އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މި އެކައުންޓް ފްރީޒްކޮށްފައިވަނިކޮށް ދޫކޮށްލަން ސިވލް ކޯޓުން އެންގީ މި މަހުގެ 7ގައި ނެރުނު އަމުރަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އެ އެކައުންޓް ފްރީޒްކުރި އިރު، އޭގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެ އެވެ. އަދި އެ އެކައުންޓް ދޫކޮށްލަން ކޯޓުން އަމުރު ކުރީ ކޮން ފަރާތަކުން އެދިގެން ކަމެއް ވެސް ނޭނގެ އެވެ.
މި އަމުރާ ގުޅިގެން އޭސީސީން ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓް އަލުން ފްރީޒް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން ދިޔައީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެ އެކައުންޓުން އެހެން މީހުންނަށް އެ ފައިސާ ދީ، އެކި ބޭނުންތަކަށް ބޭނުން ކޮށްފައިވެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
ހުސް ވަގުންވީމަ ވާގޮތް. ރައްޖެކަހަލަ ނާތަހުޒީބު ޤައުމުތަކުގައި ސަރުކާރަކީ އެވަގުތަކު ބާރު އޮންނަ ބައެއްގެ މިލްކިއްޔާތެއް.