މޯލްޑިވިއަންގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓް އެއާބަސް-އޭ321 ބޯޓް ދޫކޮށްލުމަށް ނިންމައިފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ ބޯޓު އަނބުރާ ފޮނުވާލަން ނިންމީ ބާވެ ގިނަ ދުވަސްވުމުން މެއިންޓަނަސްއަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުން ކަމަށެވެ.
ޖުމްލަ 200 މީހުންގެ ޖާގައިގެ އެއާބަސް-އޭ321 މަރުކާގެ ބޯޓެއް މޯލްޑިވިއަންއިން ކުއްޔަށް ގެނައީ 20 ޖެނުއަރީ 2015ގަ އެވެ.
ޖެނިފާ ވިދާޅުވީ އެ ބޯޓު ކުއްޔަށް ނަގާފައި ވަނީ އަށް އަރަށް ކަމަށެވެ. އެ މުއްދަތު އަންނަ އަހަރުގެ މާޗް 19 އަށް ހަމަވުމުން ކުލީގެ މުއްދަތު އިތުރުނުކޮށް ބޯޓް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަނުން ކުރިން އެ ބޯޓު ބޭނުންކުރަމުން އައީ ޗައިނާއަށް ދަތުރުތައް ކުރުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޗައިނާއަށް ކުރަމުން އައި ދަތުރުތައް އެ އެއާލައިނުން ވަނީ ހުއްޓާލާފައެވެ.
ޖެނިފާ ވިދާޅުވީ ޗައިނާ ދަތުރުތައް އަދިވެސް ނުފެށޭތީ މިވަގުތު އެ ބޯޓް ފްލީޓްގައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ދުރު މަންޒިލްތަކަށް ދަތުރުކުރަން ބޭނުން ކުރާ ޒަމާނީ އާ ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
އިޒްރޭލް މައްސަލާގައި އެމެރިކާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށްފި
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ދެން ތިބޯޓް ގެނެވުނު ތަނެއް ބަޔަކު ނުދެކޭނެ