ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ކެފޭ ކޯޓެއް ތަރައްގީކުރަން ފަށައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި އޮންނަ ލޮޓް ނަންބަރު 11617 ގައި ކެފޭ ކޯޓު ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހަވާލުކޮށްފައިވަނީ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ފެޑޯއާ އެވެ.
އެޗްޑީސީން ކުއްޔަށް ދިން ބިމުގައި ފެޑޯ އިން ހަދަނީ ޒަމަނީ ޒަމާނީ ސްޓައިލަކަށް ޑިޒައިންކޮށްފައިވާ ތިން ބުރީގެ އިމާރާތެކެވެ. އަދި މިތަން ތަރައްގީކުރަނީ ހަ ކެފޭ ރެސްޓޯރަންޓް ހުންނާނެ ގޮތަށެވެ. އަދި އައުޓްޑޯ ޑައިނިން އޭރިއާއަކާއި، އިވެންޓް ބޭއްވޭނެ ޓެރަސްއަކާއި، ޕާކިން އޭރިއާއެއްގެ އިތުރުން ސްވިމިން ޕޫލްއެއް ވެސް މިތަނުގައި ހުރެ އެވެ.
އެ ކެފޭ ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ފެޑޯއިން ސޮއިކޮށްފައިވަނީ ޑިސެމްބަރު 7، 2020 ގަ އެވެ. މިތަން ނިންމުމަށް އެޗްޑީސީން ދީފައިވާ ތާރީޚަކީ އަންނަ އަހަރުގެ އޮގަސްޓްގެ ނިޔަލަށެވެ.
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި