އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިއެމްއެފްގެ ދައުވަތު ގަބޫލުކުރައްވައި، ނަޝީދު މިރޭ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ފައްޓަވާ އެ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހު 19ގައި ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާޙަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ބާއްވާ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ވޮޝިންގޓަނަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މިފަހަރުގެ ޝިއާރަކީ "ވެން އިޒް ނައު؟" ނުވަތަ "މިހާރަކީ ކޮންއިރަކު ހެއްޔެވެ؟" މި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއު ވޯލްޑް ބޭންކު އަދި ސީވީއެފްގެ އިންވެރިންނާ ބައްދަކު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލައިފި
އެމެރިކާއަށް ގޮސް ކޮންމެވެސް ކޮހެއް ގޮވާނީ.