ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މާލެ ސަރަހައްދުން ފެނިފައި ވަނީ 15 ކޭސް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު ކޭސް ފެނިފައިވާއިރު، އަތޮޅު ރިސޯޓްތަކުން ތިން ކޭސް ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު 22 މީހުން ޕޮޒިޓިވްވީ 1966 ސާމްޕަލް ޓެސްޓު ކުރުމުންނެވެ.
މިވަގުތު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 634 އެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،348 އަށް އަރާފަ އެވެ.
މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،659 އެވެ. އޭގެ ތެރޭގައި މި ބަލިން މިއަދު ރަނގަޅުވި 19 މީހުން ހިމެނެއެވެ.
މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 48 އެވެ.
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
މުލޫ ނެޝަނަލް ޕާކް: ބޯނިއޯގެ ޖަންގަލިތަކާއި ހޮހޮޅަތަކުގެ ސިއްރު!
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
