ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހުރިހާ ގައުމަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށާއި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން އީޔޫއިން ނަގާ ޑިއުޓީ ކަނޑާލަން ރާއްޖެއިން އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އީޔޫގެ އިސް އޮފިޝަލުންނާ އެކު މި ހަފުތާގައި ރާއްޖެއިން ބޭއްވި ބައްދަލުވުމުގައި، ދިވެހީންނަށް އީޔޫއިން ޝެންގަން ވިސާ ދިނުމަށާއި މަހުން ނަގާ ޑިއުޓީ ކަނޑާލަން އެދިފައިވާ ކަމަށެވެ.
ރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނަގައެވެ. އެހެންވެ އެ ޑިއުޓީ ކަނޑާލަން ސަރުކާރުން ވަނީ މީގެކުރިން އެދިފަ އެވެ.ދިވެހިންނަށް މިހާރު ވެސް ގިނަ ގައުމުތަކުން އޮންއެރައިވަލް ވިސާ ދެ އެވެ.
އީޔޫގެ އޮފިޝަލުންނާއެކު ސަރުކާރުން ބޭއްވި ބައްދަލުވުމުގައި އެކި ދާއިރާތަކުން އެ ޖަމްއިއްޔާއާ ގުޅުންބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
