އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހަޅަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓް ހުށައަޅުއްވާނެ ކަމަށެވެ. މި ޖަލްސާގައި ދައުލަތަށް ލިބޭ އާމްދަނީއާއި، ޚަރަދުތަކާއި، ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރ ހިއްސާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅަން ނިންމާފައި ވަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުމަށް ކަމަށެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން