ތޮރަލަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ބޭނުން ކުރަމުން އަންނަ ތަރުކާރީގެ ބާވަތެކެވެ. ރިހަ ކައްކައިގެންނާއި ހިކިކޮށް ތައްޔާރުކޮށްގެން ކެއުމަށް މީރު ތޮރަލަކީ ވަރަށް ފަސޭހަ ކަމާއެކު ގޭގައި ހައްދާލެވޭ އެއްޗެކެވެ.
ރާއްޖޭގައި ޅަކޮށް ހުންނަ ތޮރާ ކައްކައިގެން ބޭނުން ކުރި ނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތޮރާ ބޭނުން ކުރަނީ އެ ތަރުކާރީ ހަރުވެ ހިކުމުންނެވެ. އެގޮތުން ތޮރާ ހިކުމުން އޭގެ ތެރޭގައި އޮންނަ ނަރުގަނޑުން ފެން ކެއްކުމަށްފަހު އެ ފެން ބޭހެއްގެ ގޮތުގައި ބޭނުން ކުރެ އެވެ.
ތޮރާ ފެން ބޭނުން ކޮށްގެން ފަރުވާ ކުރާ ބަލިތަކުގެ ތެރޭގައި ސައިނަސް ބައްޔާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތައް ހިމެނެ އެވެ.
ބަލިތަކަށް ފަރުވާ ކުރުމުގެ އިތުރުން، ހަށިގަނޑުގެ ހަންގަނޑު ރީތި ކުރުމަށްވެސް ހަންގަނޑުގައި ތޮރާ އުނގުޅައި އުޅެ އެވެ. އެއާއެކު ހަންގަނޑު ސާފު ކުރުމަށާއި ހަންގަނޑުގެ ދުޅަ ކުޑަކުރުމަށްވެސް ބައެއް ކޮސްމެޓިކު ބާވަތްތަކުގައި ތޮރާ ބޭނުން ކޮށް އުޅެ އެވެ.
އޭގެ އިތުރުން މޫނުގެ ހަންގަނޑު ދުޅަހެޔޮކަން އިތުރު ކުރުމަށްވެސް ހިއްކާފައި ހުންނަ ތޮރާ އަންދައި އޭގެ އަޅި މޫނުގައި ހޭކުމަށް ބޭނުން ކޮށް އުޅެ އެވެ.
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް