ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އެ މީހުންގެ އަލަތު ދަރިފުޅު ލިބުނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ބިޕާޝާ އާއި އޭނާގެ އަންހެން ދަރިފުޅު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު އެ މީހުންގެ ދަރިފުޅަށް ކިޔާ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވަރު އެވެ.
ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަހު އެމީހުންގެ މުމްބާއީގައި ހުންނަ ގޭގެ ބޭރުގައި ތިބެގެން ފޮޓޯ ނެގުމަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި މިފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ވައރަލް ވަމުންނެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 43 އަހަރުގެ ބަތަލާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ބިޕާޝާ އަށް ކުއްޖަކު ލިބިފައި މި ވަނީ ކައިވެނިކުރިތާ ހަ އަހަރު ފަހުންނެވެ. އޭނަ އާއި އެކްޓަރު ކަރަން ސިންގް ގްރޯވާ ކައިވެނުކުރީ 2016 ގަ އެވެ.
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!